ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި، މެދު ރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާނެ ގޮތް ހާމަކޮށް މެޓް އޮފީހުން ބުނީ، އެވްރޭޖްކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޯށް ވާރޭ ވެހޭނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އާންމު ވައި ހުރީ 7 މޭލާއި 15 މޭލާއި ދެމެދު ކަމަށެވެ. މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދު ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނު އަތޮޅުތަކަށް 8 މޭލާއި 18 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް ލާފަކޮށްފައިވާއިރު، މެދުރާއްޖެ ތެރޭގެ ރަށްތަކަށް ކަނޑުތައް ކުރިއަށް އޮތް 24 ގަޑިއިރުވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ރާއްޖޭގެ އުތުރާއި ދެކުނު ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށްވެސް މެޓުން ބުނެ އެވެ.
މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ހަފުތާ ބަންދަށް ފަހު ކަމަށާއި، މޫސުން އަލިކުރާނެ ކަމަށް ލަފާކުރެވެނީ އާދީއްތައިގެ ފަހުންކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަވެ، މެދު ރާއްޖެގެ ރަށްތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު މިފަދަ ދަނޑިވަޅުތަކުގައި މޫސުމަށް ސަމާލުވެ ދަތުރު ކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.