ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
މި ބަދަލު ގެންނަން ނިންމާފައި ވަނީ 2027 ގެ ދިރާސީ އަހަރާ އެކުކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ. ޔުނިފޯމަށް ގެންނަން ނިންމައި ބަދަލާ ގުޅޭ ސާކިއުލާއެއް އިއްޔެ ސްކޫލްތަކަށް ފޮނުވާފައިވެއެވެ.
އެގޮތުން ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމް ގެންނަ ބަދަލާ އެކު ހަތަރު ކުލައެއް ބޭނުން ކުރެވޭނެ ކަމަށް ނިންމާފައިވެ އެވެ. އެއީ ފެއްސާއި ރަތާއި ހުދުގެ އިތުރުން ނުލެވެ. ޔުނީފޯމަށް ގެންނަ ބަދަލުގައި އެ ސްކޫލަކުން ބޭނުންވާ ކުލައަކަށް ޔުނީފޯމުގެ މަތި ނުވަތަ ގަމީހުގެ ކުލަ ކަނޑައެޅިދާނެއެވެ.
ނަމަވެސް ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ގަދަ ނޫ ކުލައިގައި ކަމަށް މިނިސްޓްރީން ބުންޏެވެ. ސްކޫލްތަކުގެ ރަސްމީ ޔުނީފޯމުގެ އިތުރުން އެކްޓިވިޓީ ޔުނީފޯމަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވެއެވެ.