މި ދައުރުގެ މިހާތަނަށް އެއާ އެމްބިއުލާންސްގެ ހިދުމަތަށް 114.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންއެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ވައިގެ މަގުން ބަލިމީހުން އުފުލުމަށް ހާއްސަކޮށް ރާއްޖޭގައި ފެށި ހިދުމަތެކެވެ. ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ހިދުމަތް ރަސްމީކޮށް އެއަރ އެމްބިއުލާންސްގައި ފެށީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
އެންސްޕާއިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ދައުރުގެ މިހާތަނަށް އެއާ އެމްބިއުލާންސްގެ ޚިދުމަތަށް 114.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އެގޮތުން މިދިޔަ އަހަރު މި ހިދުމަތަށް 29 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެންސްފާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިއަހަރު އެކަނިވެސް މި ހިދުމަތަށް 85.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާ އިން ބުނެއެވެ.
ވައިގެ މަގުން ބަލި މީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތްފެށީ ސަރުކަރުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ހިދުމަތް ދިނުމުގައި އުޅަނދުތައް އަބަދުވެސް އޮންނާނީ ތައްޔާރީ ހާލަތުގައެވެ.
އެއާ މްބިއުލާންސް ތަޢާރަފްކުރުމުގެ ކުރިން ރާއްޖޭގައި ބަލިމީހުން އުފުލާފައިވަނީ އިންޑިއާގެ ސިފައިންގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރުގައާއި މޯލްޑިވިއަންގެ އާއްމު ދަތުރުފަތުރުތަކަށް ބޭނުންކުރާ ބޯޓުތަކުގައެވެ.
ސަރުކާރުގެ ޢަމާޒަކަށްވީ ބަލި މީހުން އުފުލުމަށް ހާއްސަ ބޯޓަކާއެކު، ދިވެހިން އެމަސައްކަތުގައި ދިވެހިން ހަރަކާތްތެރިވުމެވެ.