ދިވެހި ކުންފުނިތަކުން ގަވައިދުން ސަރުކާރަށް ޓެކްސް ދައްކަމުންދާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ވޭތުވެދިއަ ދުވަސްތަކަށް ބަލާއިރު، ޓެކްސް ގަވައިދުން ދައްކާކަން ފާހަގަކުރެވެނީ ދިވެހިންގެެ ކުންފުނިތައް ކަށެވެ.
“އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެއްކަމަކީ ދިވެހިންގެ ކުންފުނިތަކުން ރާއްޖޭގަ އޮޕަރޭޓްކުރާ ދިވެހިންގެ ކުންފުނިތަކުން ވަރަށް ބަރާބަރަށް ޓެކްސް ދައްކަމުންގެންދާކަމަށް ފާހަގަކުރެވޭ. މިސާލަކަށް ބިޒްނަސް ޕްރޮފިޓް ޓެކްސް ކަމުގަވިއަސް.” ވަޒީރު ފާހަގަކުރެއްވި އެވެ.
ޒަމީރު ވިދާޅުވީ ދިވެހި ކުންފުނިތަކުގެ އިންވެސްޓްމަންޓްގެ ފައިދާވެސް ދިގުމުއްދަތެއްގައި ގައުމަށް ކުރަމުންދާކަމަށެވެ. އެހެންކަމުން ދިވެހި ކުންފުނިތައް ކޮޅަށްޖެހުމަށް ވެދެއްވެން އޮތް އެހީތެރިކަމަށް ކަންކަން މަގުފަހިކޮށްދިނުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށް ބައެއް ކަހަލަ ޓެކްސް ދެއްކުމުގައި މައްސަލަތަކެއް ދިމާވަމުން ދާކަމަށެވެ. އެކަން ހައްލުކުރުމަށް މީރާއާއި ގުޅިގެން މަސައްކަތް ކުރައްވަމުދާކަމަށްވެސ ޒަމީރު ވަނީ ވިދާޅުވެފައެވެ.