އޮސްޓްރޭލިޔާގެ ބޮންޑީ ބީޗުގައި ތިބި ބަޔަކަށް ދިން ނިރުބަވެރި ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަރާނެއްގައި ބުނީ، އޮސްޓްރޭލިޔާގެ ބޮންޑީ ބީޗުގައި ތިބި ބަޔަކަށް އިއްޔެ ދިން ނިރުބަވެރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. މިފަދަ ލާއިންސާނީ އަމަލުތައް ކުށެއް ނެތް އެތައް ބަޔަކަށް ދިނުމަކީ އެއްވެސް މުޖުތަމައެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބަޔާނުގައިވެއެވެ.
މި ބަޔާނުގައި ހަމަލާގައި ނިޔާވި މީހުންގެ އާއިލާތަކަށް ވަނީ ތައުޒިޔާ ކިޔާފަ އެވެ.
“މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އޮސްޓްރޭލިޔާއާއެކު. އަދި ހުރިހާ ބާވަތެއްގެ ނިރުބަވެރި ހަރަކާތްތަކާ ދެކޮޅަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނަން” ބަޔާނުގައި ވެއެވެ.
އޮސްޓްރޭލިޔާގެ ބޮންޑީ ބީޗުގައި ތިބި ބަޔަކަށް ދެ މީހަކުވެގެން ބަޑީގެ ހަމަލާތަކެއްދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ހަމަލާގައި 15 މީހުން މަރުވިއިރު، 38 މީހަކު ޒަހަމުވެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާ ދިނީ 50 އަހަރުގެ ބައްޕައަކާއި 24 އަހަރުގެ ދަރިފުޅަކާ ދެ މީހުންނެވެ. މި ހަމަލާ ހުއްޓުވުމުގެ ތެރޭގައި އޮސްޓްރޭލިޔާގެ ފުލުހުން ވަނީ 50 އަހަރުގެ މީހާ މަރާލާފައެވެ.