ރ. ދުވާފަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ފަށާފައިވަނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ މަޝްރޫރު ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއުގެ ދަށުން، 15.80 ހެކްޓަރުގެ ސަރަހަށްދެއްގެ ބިން ހިއްކާނެއެވެ. އަދި 812 މީޓަރުގެ ސަރަހަށްދެއްގައި ރިވެޓްމަންޓް ޖަހައި،450 މީޓަރުގެ ސަރަހަށްދެއްގައި ގޮރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
މިއީ172.93 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1