ރ. ދުވާފަރުގައި ގާއިމުކުރާ އައުޑްޓޯ ވޮލީ ކޯޓުގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
ދުވާފަރު ވޮލީ ކޯޓުގެ މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ދުވާފަރަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވި މަޝްރޫއެކެވެ.
ދުވާފަރު އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސިޕީ ރިޓަޔާރޑް އަހުމަދު ސައުދީ އާއި ދުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ދުވާފަރު ކައުންސިލުގެ ރައީސްއެވެ.
ދުވާފަރު ވޮލީ ކޯޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ދުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އަލީ އާއި ދުވާފަރު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދުވާފަރަކީ ކުޅިވަރަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށްވާއިރު ވޮލީ ބޯޅައަކީވެސް އެރަށުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުޅެމުން އަންނަ ކުޅިވަރެކެވެ. ދުވާފަރު ޒުވާނުންގެ ހުވަފެންތަކާއި ގުޅިފައިވާ މި ވޮލީ ކޯޓު ވެގެންދާނީ އެރަށުގެ ރައްޔިތުންނަށް އެކުވެރިކަން އާލާކުރުމާއި، އިޖުތިމާއި ގުޅުން ބަދަހިކުރުމަށް މުހިންމު ވަސީލަތަކަށެވެ.