ޔޫތު މިނިސްޓްރީން ކުރި އިއުލާންތައް ބާތިލު ކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ޙަވާލު ކުރުމަށް ނިންމަފައިވާ ކަމަށް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރީން މިއަދު ގެޒްޓް ކޮށްފައި ބުނެފައި ވަނީ މިނިސްޓްރީން ކުރި އިއުލާންތައް ބާތިލު ކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ހާވާލު ކުރުމަށް ނިންމައިވާ ކަމަށެވެ.
މިނިސްޓަރީ ބުނީ މި ގޮތަށް ނިންމެވީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު ގެ ދަށުން މާލީ އެހީތެރިކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ބައެއް މީޑިއާ ތަކާއި އަމިއްލަ ބައެއް ފަރާތްތަކުން އެ އުސޫލާމެދު ކަންބޮޑުވުން ފާޅުކުރަމުން ދާތީ ކަމަށެވެ.
އުސޫލު އެކުލަވާލެވިފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މީޑިއާތައް ތަމްސީލު ކުރުމަށް ވަކި މުއައްސަސާއެއް ގާއިމުކުރުމުގެ މަރުހަލާގައި، ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފަޔާ އެކުގައި ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އުފެދުމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަން ކަމާއެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެމްއެމްބީސީ އިން ދެކޭތީ ކަމަށް މިނިސްޓަރީން ބުނެއެެވެ.
މިނިސްޓަރީން ބުނީ އެ އުސޫލާ ގުޅިގެން މިނިސްޓްރީން ކުރި އިއުލާންތައް ބާތިލު ކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ޙަވާލު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.
ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ ކަންކަން އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަނީ ޔޫތު މިނިސްޓްރީއަށް އަންގަވައެވެ.