10 ރަށެއްގައި ޖުމްލަ 11 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްޓީސީގެ ފަރާތުން އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒާއި، ހުސައިން ނިހާދު އަދި އަސްލަމް ރަހާ އެވެ.
މި އެއްބަސްވުމުގެ ދަށުން ފޮނަދޫގައި ފުޓްސަލް ދަނޑު ހެދުމާއި، ހިތަދޫގައި އައުޓްޑޯ ވޮލީބޯޅަ ކޯޓެއް ހެދުމާއި، މާވަށުގައި އައުޓްޑޯ ވޮލީބޯޅަ ކޯޓެއް ހެދުމާއި، ލ.މާވަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމާއި، ހއ.އަތޮޅުގައި އައުޓްޑޯ ވޮލީ ކޯޓެއް އިމާރާތް ކުރުމުގެ މަސައްކަތުގެ މަގްސަދުގައި، ލ.ފޮނަދޫގައި ފުޓްސަލް ދަނޑު ހެދުން ހިމެނެ އެވެ.

މީގެ އތުރަށް މާފުށީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމާއި، ދިއްފުށީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމާއި، ގުޅީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމާއި، ކ.ތުލުސްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމާއި، ހިންމަފުށީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމާއި، ކ.ހުރާގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުން ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކ. ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ބައިވެރިވެވަޑައިގެންނެވިއެވެ.