އައްޑޫސިޓީގެ ހަންކެޑެގައި ރިސޯޓެއް ރިސޯޓެއް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގުމަށް އެރަށް ޓޫރިޒަމް މިނިސްޓްރީއަށް ހަވާލުކުރީ މިމަހު އެއް ވަނަ ދުވަހުގައެވެ.
އެއާއެކު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ޓުއަރިޒަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން އައްޑޫ ސިޓީ ހަންކެޑެ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އިންޓަރގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ކަމަށެވެ. އެގޮތުން މަދުވެގެން 1000 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ވަނީ ހުޅުވާލާފައެވެ.
ހަންކެޑެގައި ރިސޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމެވެ. އަދި ރައީސް މުއިއްޒުގެ މި ދައުރުގެ ތެރޭގައި ހަންކެޑެ އޮޕަރޭޝަނަށް ގެނައުމަކީ ވެސް އަމާޒެއް ކަމަށް ތޯރިގު ވިދާޅުވި އެވެ.