މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރުންގެ މަގާމަށް 10 މީހަކު ކުރިމަތިލައިފި އެވެ.
މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން ނެވެ. ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލުމުން 10 މީހަކު އެ މަގާމަށް ކުރިމަތިލާފައި ވެއެވެ. އޭތެރޭގައި ކުރިން މޯލްޑިވްސް މީޑިއާ ކަައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ބައެއް ފަރާތްތަކުންވެސް ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެމީހުންގެ ނަންތައް އިއުލާނުކުރުމަށްފަހު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
މީޑިއާ ކޮމިޝަނަށް ކުރިމަތިލި މީހުން:
- ފާތިމަތު ފަހުމީ، ސީނަރީ/ ގދ. މަޑަވެލި
- މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
- ސަފާ ޝަފީގު، ބިއްލޫރިވިލާ ދ. މީދޫ
- ސަހާރަތު އިއްޒަތު، ގ. ގޮފި
- އިބްރާހީމް މުހައްމަދު، ގ. ވިންޑް
- މޫސާ ރިލްވާން. މ. ހާވިލާ
- މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
- ސެހެނާޒް އަދުނާން، ދަފްތަރު ނަންބަރު ރސ 8580
- މުހައްމަދު ސާމިން، ފިނިވާގެ/ އއ. ތޮއްޑޫ
- ޝަފީގާ ނައީމް، ބީޗްސައިޑް/ ފ. ނިލަންދޫ