މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިޔަފާރިކުރަމުންދިޔަ ނެޓްވޯކަކާ ދެކޮޅަށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ތިން މީހުން ބަންދުގެ މުއްދަތުޖަހައިފިއެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ހ. މާދޫގޭގެ ދެ ފަންގިފިލާއެއް ބަލައިފާސްކޮށް ޖުމްލަ 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލް އަމީން (34އ) އާއި، ޕޮލިން (43އ) ގެ އިތުރުން އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އަލް އަމީން އަދި ޕޮލިންގެ ބަންދަށް 5 ދުވަސް، އަދި އެމް.ޑީ. ރަކިބް ހޮސެންގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ދަނީ ތަހުގީގު ކުރަމުންނެވެ.