ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި “ސަރުކާރުގެ ހިދުމާތު މަރުކަޒު” ގެ ނަމުގައި ހާއްސަ މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
މި ތަންތަން ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ބެލުމުގެ ދަށުންނެވެ. މި ނިންމެވުން ރަސްމީކޮށް އިއުލާންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމަކުންނެވެ.
މި ނިންމެވުމުގެ ދަށުން، ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހިމެނޭ 18 އަތޮޅުގައި ވަނީ މި މަރުކަޒުތައް ގާއިމުކުރައްވާފައެވެ. އެއީ:
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ހއ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ހދ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ށ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ނ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ރ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ބ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ޅ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ކ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – އއ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – އދ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ވ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – މ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ފ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ދ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ތ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ލ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ގއ. އަތޮޅު
- ސަރުކާރުގެ ހިދުމާތު މަރުކަޒު – ގދ. އަތޮޅު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ގައުމީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުމެވެ.
މީގެއިތުރުން، މި މަރުކަޒުތައް އުފެއްދެވުމާ ގުޅިގެން ނެރުއްވި ދެންނެވުމުގައި، އެ ތަންތަނަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތަކާއި، ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާނެ މުއައްސަސާގެ ކޯޑު ނަންބަރުތައް ވެސް ވަނީ ހިމަނުއްވާފައެވެ.