މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ތިންވަނަ ސެގްމަންޓުގައި އަޅާފައިވާ ތާރު ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.
އެގޮތުން އަމީނީ މަގުގެ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތް އެއްކޮށް ނިންމައި މިމަހު4 ވަނަ ދުވަހު ވަނީ އާމުންނަށް ހުޅުވާލާފައެވެ.
މާލޭގެ މަގުތަކުގެ އުމްރާނީ ފެންވަރަށް ތަރައްގީކޮށް، މަގުތައް ޒަމާނީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މުހިންމު މަޝްރޫޢު ނިމުމުން، ވެރިރަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މަގުތަކުގެ ހާލަތު ރަނގަޅުވެ، ޓްރެފިކްގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މީގެއިތުރުން، މި މަޝްރޫޢުގެ ސަބަބުން މާލޭގެ އެކި ސަރަޙައްދުތައް ފަސޭހަކަމާއެކު ގުޅުވައިދީ، މާލެއަކީ ދަތުރުފަތުރު ކުރުމަށް ހިތްފަސޭހަ އަދި ލާމެހިފައިވާ ތަނަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ.