ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ،ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
އެގޮތުން ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް، ގދ. ތިނަދޫ ޝިފާ، އަހުމަދު ހަބީބް އައްޔަންކުރައްވާފައެވެ.
ރައީސް އޮފީހުގެ އާ މަގާމަށް އައްޔަންކުރެއްވި މުހައްމަދު ތޮލާލަކީ މީގެކުރިން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމު ފުރުއްވާފައިވާ، ދައުލަތުގެ އިސް މަގާމުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އިލެކްޝަންސް ކޮމިޝަން، އަދި ޔޫތު އާއި ހޯމް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ.