ވޭތުވެދިޔަ 900 އަށްވުރެ ގިނަ އަހަރުގެ ތާރީހުގައި ދިވެހިރާއްޖެއިން އިސްލާމްދީން ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ދައުލަތުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކާއި، ކުރީގެ ވެރިންނާއި ރަސްރަސްކަލުން ކުރެއްވި މުހިންމު މަސައްކަތްތައް އަބަދުވެސް ހަނދާނަށް ގެންނަންޖެހޭ ކަމަށް އިސްމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ،
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވަނީ، މިއަދާ ހަމައަށް ރާއްޖެ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް މެދުވެރިވި މުހިންމު ސަބަބުތައް ބަޔާންކޮށްދެއްވާފައެވެ.
ދީނީ ދާއިރާ ހަރުދަނާކުރުމާއި ވަގުފު ފަންޑު އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން ޒަކާތުގެ ގާނޫނެއް އެކުލަވައިލުމާއި “މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް” ގެ ނަމުގައި ގައުމީ ވަގުފު ކުންފުންޏެއް އުފެއްދެވުމަކީ، އިސްލާމީ އުސޫލުތަކުގެ މަތިން އިގްތިޞާދީ ފައިދާ ހޯދައި، ދީނީ ކަންކަމަށް ކުރާ ހޭދަ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށް ސަރުކާރުން ފެށްޓެވި މުހިންމު މަސައްކަތްތަކެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1