ހުޅަނގު މޫސުމާއި ގުޅިގެން،ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ ( މެޓް) އިން ބުނެފިއެވެ.
މެޓް އިން ބުނީ، ކުރިއަށް އޮތް 3 ދުވަހު ( ސެޕްޓެމްބަރު 11 ،12 13، ) ގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއްް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އިން ވަނީ ބުނެފައެވެ.
މީގެއިތުރުން މެޓް އިން ބުނީ، އާންމުކޮށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނުންނާއި، ހުޅަނގުން ކަމަށާއި، ދެކުނު އަތޮޅުތަކުގައި ގަޑިއަކު 5 މަޭލާއި 22 މޭލާއި ދެމެދު ބާރުމިނުގައި ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި، ދެކުނުގައި ކަނޑުތައްް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.
މެޓް އިން ލަފާކުރާ ގޮތުގައި، މި ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކަނޑުތައް ގަދަވާނެއެވެ.ހުރިހާ ފަރާތްތަކުންވެސް މޫސުމުގެ އެންމެ ފަހުގެ އަދާހަމަ ކުރުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.