ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ފެށި ހާއްސަ މަސައްކަތުގެ ދަށުން، އަލަށް ގާއިމުކުރި ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުންގެ ހޮޓްލައިނަށް ލިބުނު 65 ރިޕޯޓުގެ ތެރޭގައި ޤަވާއިދާ ހިލާފަށް ބޭރުފައިސާގެ ވިޔަފާރިކުރާ 27 ބިދޭސީއަކާއި، ހުއްދައެއް ނެތި ފައިސާ މާރުކުރާ 18 ތަނެއް ހިމެނޭ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.އަދި ބޮޑު އަގުގައި ފައިސާ ގަނެވިއްކާ 4 ތަނަކާއި، އޮންލައިންކޮށް ޣައިރު ޤާނޫނީ މުއާމަލާތް ހިންގާ 16 ޕްލެޓްފޯމެއްގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖޭގެ މާލީ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ބޭރު ފައިސާގެ ޣައިރު ގާނޫނީ މުއާމަލާތްތައް އިތުރުވުމަކީ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ދިގުލާފައިވާ މައްސަލައެކެވެ. މިފަދަ މުއާމަލާތްތައް ހުއްޓުވުމަށް ސަރުކާރުން މަރުކަޒީ ބޭންކުގެ ގަވާއިދުތަކަށް ބަދަލު ގެނެސް، ފުލުހުން މެދުވެރިކޮށް ހާއްސަ ހޮޓްލައިނެއް ވަނީ ގާއިމުކޮށްފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1