ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
މާބޮޑަށް ހޫނުގަދަވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ “ހީޓް ސްޓްރޯކް” އެއް ޖެހުމުގެ ފުރުސަތު ބޮޑުވާކަން ފާހަގަކޮށް، އެޗްޕީއޭ އިން ބުނީ މިފަދަ ހާލަތެއްގައި ފެނިދާނެ މައިގަނޑު ނިޝާންތަކުގެ ތެރޭގައި ހަށިގަނޑު މާބޮޑަށް ހޫނުވުމާއި، ހަންގަނޑު ރަތްވުމުގެ އިތުރުން ވިންދު އަވަސްވެ، ބޯއެނބުރި މޫނުމައްޗަށް އަނދިރިވުން ހިމެނޭ ކަމަށެވެ.

އަދި ހޭ ހުރި ނަމަ ބޯން ފެންދީ، ލަސްނުކޮށް އިމަޖެންސީ ނަންބަރު 100 އަށް ގުޅައިގެން އަވަސް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭ އިން ވަނީ ލަފާދީފައެވެ.
އެޗްޕީއޭއިން މިފަދަ އިލްތިމާސް ކޮށްފައިވަނީ އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، ރާއްޖޭގެ ފިނިހޫނުމިން އާންމު މިންގަނޑަށްވުރެ މައްޗަށްދާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ އެވެ.
ކުރިއަށް އޮތް މަސްތަކުގައިވެސް ހޫނުމިން މަތިވާނެ ކަމަށް ބެލެވޭތީ، ހޫނުގެ ސަބަބުން ދިމާވާ ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ