އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް، އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނި ގޮތުގައި އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ފުރަތަމަ ސެގްމެންޓުގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި ޕްރައިމް ކޯޓު ހޭކުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ނިންމާލާފައެވެ. ތައްޔާރީ މަސައްކަތްތައް ނިމުމާ އެކު، މި ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަގު ހެދުމުގެ އަމަލީ މަސައްކަތް އެކި ސެގްމެންޓްތަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މަގުގެ ދުއްވާ ސަރަހައްދުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ފެންހިންދާ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ދަނީ ކުރަމުންނެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތްތައް ނިމުމުން، މާލޭގެ އެންމެ ބާރުބޮޑު އެއް މަގަށް ދިމާވެފައިވާ ހަލާކުވުމާއި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1