މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށާއި އެ ކުންފުނީގެ ޗެއަރމަންގެ މަގާމަށް އަހުމަދު ޝަހީރު އައްޔަނުކޮށްފިއެވެ.
އެމްޓީޑީސީގެ ބޯޑު މެންބަރުކަމާއި ޗެއަރމަންގެ މަގާމަށް ޝަހީރު ހަމަޖެއްސެވިކަން ޕީސީބީން މިދިޔަ ހޯމަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.އެމްޓީޑީސީގެ ބޯޑަށް ޝަހީރު މި އައްޔަނުކުރެއްވީ، މޭ 2025 އިން ފެށިގެން އެޗްޑީސީގެ ޗެއަރމަންގެ މަގާމުގައި ހުންނެވުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
އަހުމަދު ޝަހީރަކީ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތައް ހިންގުމުގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމާއި، ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރައްވާފައެވެ. އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު މި އައްޔަންކުރެއްވީ، މޭ 2025 އިން ފެށިގެން އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި ހުންނެވުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. އެމްޓީޑީސީގެ ޗެއާމަންގެ މަގާމުގައި މީގެކުރިން ހުންނެވި އަބްދުﷲ ފާއިޒް، މިހާރު ވަނީ މިފްކޯގެ ޗެއާމަންގެ މަގާމަށް ބަދަލުކުރައްވާފައެވެ.
ސިޔާސީ ވަޒީފާތައް މަދުކޮށް، ހަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ފިޔވަޅުތަކެއް އަޅަމުންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1