ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްދާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ހަރަކާތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އިންޑިއާގެ ކެރެލާ ސްޓޭޓުން ދިވެހިރާއްޖެއަށް 600 ކަޅުވައް (ޓީކް) ގަހާއި 600 އަނބުގަސް ހަދިޔާކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ “5 މިލިއަން ގަސް އިންދުމުގެ” ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ކެރެލާ ސްޓޭޓުން ވަނީ 1,200 ގަސްމުއްސާ ހަދިޔާކޮށްފައެވެ.އެ ނޫހުގައިވާ ގޮތުން، ކެރެލާގެ ފޮރެސްޓް، ވައިލްޑްލައިފް ޕްރޮޓެކްޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޝިބޫ ބޭބީ ޖޯން މި ގަސްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށެވެ.އަދި ދިވެހިރާއްޖޭގެ ފަރާތުން މި ގަސްތަކާ ރަސްމީކޮށް ހަވާލުވެލެއްވީ ކޮންސުލް ޖެނެރަލް އާމިނަތު ޝިފާނާއެވެ.
މީގެއިިތުުރުން،ހަދިޔާކުރި އަނބުގަސްތައް ހޯދާފައިވަނީ ވެއްލަޔާނީ ކޮލެޖް އޮފް އެގްރިކަލްޗަރުން ކަމަށާއި، އަދި ކަޅުވައް (ޓީކް) ގަސްތައް ހޯދާފައިވަނީ ކުލައްތުޕުޜާ ސެންޓްރަލް ނާސަރީން ކަމަށްވެސް އެނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.އެ ނޫހުގައި ބުނެފައިވާ ގޮތުން، ރާއްޖެއަށް ފޮނުވުމަށްޓަކައި މިހާރު މި ގަސްތައް ހުރީ ބަންދުކޮށް ތައްޔާރުކޮށްފައެވެ.