ތައިލޭންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ،މި ބަދަލަކީ ތައިލޭންޑް ސަރުކާރުން އެ ޤައުމުގެ ވިސާ އުޞޫލަށް ގެންނަ ނިންމުންތަކުގެ ދަށުން އަންނަ ސެޕްޓެމްބަރު 15 އިން ފެށިގެން އަމަލުކުރަން ފަށާ އައު ގަވާއިދެއް ކަމަށެވެ.މި ގަވާއިދުގެ ދަށުން 15 ސެޕްޓެމްބަރ 2026 އިން ފެށިގެން އެ ގައުަމަށް ޒިޔާރަތްކުރާ ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭނީ 30 ދުވަހުގެ މުއްދަތަކަށްއެމިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.
ފޮރިން މިނިސްޓްރީ އިން ހާމަކުރިގޮތުގައި، މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ޤައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައެވެ.
އަދި ދިވެހިރާއްޖެ އޮތީ ވިސާ އާ ނުލައި ތައިލޭންޑް އަށް ޒިޔާރަތްކޮށް އެ ޤައުމުގައި ތިބުމަށް 15 ދުވަސް ދޭގައުމުތަކުގެ ލިސްޓުގައި ކަމަށްވާތީ،މިއަހަރުގެ ޖޫން 29 ގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، ތައިލޭންޑް ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވިކަމަށް މިނިސްޓްރީ އިން ބުނެއެވެ.
މިނިސްޓްރީއިން ބުނީ ، ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި،ތައިލޭންޑް އަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދިނީ ކަމަށެވެ.