ރާއްޖޭގައި ހަލުވިކަމާއެކު ހިމަބިހި (މީސަލްސް) ފެތުރެމުންދާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 250 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ،
އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ ހަފުތާގައި ވެސް މާލެ ސަރަހައްދުން ހިމަބިހީގެ އާ ކޭސްތަކެއް ވަނީ ފެނިފައެވެ. މި އާ ވޭދަނަތަކާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 252 އަކަށް އަރާފައެވެ.
މި ބަލި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން ކުރާ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް 16,216 މީހަކަށް ހިމަބިހީގެ ވެކްސިން ވަނީ ޖަހާފައެވެ. މީގެއިތުރުން ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ފަރާތްތަކާއި، ބަލި މީހަކާ ދިމާވެފައިވާ މީހުން ލަސްނުކޮށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.ވެކްސިން ޖެހުމުގެ އިންތިޒާމުތައް މިހާރު ވަނީ އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގެ އިތުރުން މާލޭގެ އެކި ހޮސްޕިޓަލްތަކުގައިވެސް ހަމަޖައްސާފައެވެ.
-
- ދަމަނަވެށި: އާދިއްތައިން ބުރާސްފައްޗަށް (08:30 އިން 12:00 އަށް)
- ހުޅުމާލޭ ހޮސްޕިޓަލް: އާދިއްތަ، ހޯމަ، އަންގާރަ (09:00 އިން 11:00 އަށް) އަދި ބުދަ، ބުރާސްފަތި، ހޮނިހިރު (13:00 އިން 15:00 އަށް)
- ސެނެހިޔާ: އާދިއްތައިން ބުރާސްފައްޗަށް (10:00 އިން 16:00 އަށް)
- ވިލިމާލެ ހޮސްޕިޓަލް: އާދިއްތައިން ބުރާސްފައްޗަށް (13:30 އިން 15:30 އަށް)
-
- ދަމަނަވެށި: އާދިއްތައިން ބުރާސްފައްޗަށް (14:00 އިން 15:30 އަށް)
- ހުޅުމާލޭ ހޮސްޕިޓަލް: ހުކުރު ފިޔަވައި ކޮންމެ ދުވަހަކު (09:00 އިން 11:00 އަށް)