ގާނޫނާ ހިލާފަށް ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އާންމުންގެ ކިބައިން އެދިއްޖެއެވެ.
ފުލުހުން ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ލައިސަންސަކާ ނުލައި ޣައިރު ޤާނޫނީކޮށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުން ހިއްސާކުރުމަށް އެދޭ ކަމަށެވެ. މިފަދަ މައުލޫމާތެއް ލިބިފައިވާނަމަ ޓާސްކް ފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖެއް ފޮނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި، މި ނަންބަރު މެދުވެރިކޮށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތަކުން މައުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި މައުލޫމާތުދޭ ފަރާތްތަކުގެ ސިއްރުވެރިކަމާއި، އެފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1