މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ރާއްޖޭގެ ހަތަރު ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހއ. ކެލާ އާއި ދ. ބަނޑިދޫގެ ބަނދަރު ހެދުމުގެ އިތުރުން، ބ. ކިހާދޫ އަދި ހއ. މުރައިދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
-
- 82,400 ކިއުބިކް މީޓަރުގެ ފަޅުގެ ސަރަހައްދެއް ފުންކުރުން.
- 1,592 މީޓަރުގެ ބޭރުތޮއްޓަކާއި 266 މީޓަރުގެ އެއްގަމު ތޮއްޓެއް ބިނާކުރުން.
- 692 މީޓަރުގެ ހިލަ ރިވެޓްމަންޓަކާއި 1,096 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން.
- 132 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން.
- ދިގުމިނުގައި 180 މީޓަރު އަދި ފުޅާ މިނުގައި 2 މީޓަރު ހުންނަ ކޮންކްރީޓް ޖެޓީއެއް އެޅުން.
- ބަނދަރުގެ 1,235 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުން.
އެމްޓީސީސީއިން ހާމަކުރި ގޮތުަގައި، ބ. ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ޖުމްލަ 60.42 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުން 17,300 ކިއުބިކް މީޓަރުގެ ވެލި ނެގުމާއި، 380 މީޓަރުގެ ބޭރުތޮއްޓެއްލުމުގެ އިތުރުން 240 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭކަމަށް އެމްޓީސީސީ އިން މައުލާމަތުދެއެވެ.
ކިހާދޫއަކީ 600 މީހުން ދިރިއުޅޭ، ފަންވިނުމާއި ޓޫރިޒަމް ފުޅާ ރަށެކެވެ. ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭ މި މަޝްރޫއުގެ ސަބަބުން، ރަށުގެ ރައްޔިތުންނަށް ރައްކާތެރި އަދި ހިތްގައިމު ގޮނޑުދޮށެއް ލިބިގެންދާނެއެވެ.