ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޖިނިއަރިންގ އަދި ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތަކީ މުޖުތަމައަށް ބޭނުންތެރި ފަންނީ ދާއިރާތަކަށް ކުޑަކުދިންނާއި ޒުވާނުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތެކެވެ.. މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި، ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ ކުރިއެރުމުގައި އިންޖިނިއަރިންގ ދާއިރާ އަދާކުރާ މުހިންމު ދައުރު ކުޑަކުދިންނަށް އޮޅުންފިލުވައިދިނުމެވެ. އަދި އޭގެ އިތުރުން، މުސްތަޤްބަލުގައި އެފަދަ ފަންނީ މަސައްކަތްތަކަށް އެ ކުދިންގެ ހުންނަ ޝައުޤުވެރިކަން އިތުރުކޮށް، ދާއިރާއަށް ލޯބިޖެއްސުން ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
މި ހަރަކާތުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން އިންޖިނިއަރިންގ އަދި ޓެކްނިކަލް މައިގަނޑު ހަތް ދާއިރާއެއްގެ މަސައްކަތްތައް ދައްކާލާފައިވެއެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގުމުގައި ކުރެވޭ މި ފަންނީ މަސައްކަތްތައް އަމަލީގޮތުން ތަޖުރިބާކޮށްލުމަށް ކުދިންނަށް ވަނީ ފުރުޞަތު ލިބިގެންގޮސްފައެވެ.
އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި، މި ޙަރަކާތުގައި ބައިވެރިވި ފަރާތްތަކަށް ކުންފުނީގެ އިންޖިނިއަރުންގެ ޢަމަލީ ތަޖުރިބާ ހިއްސާކޮށް، އެއަރޕޯޓު ހިންގުމުގެ ދާއިރާއިން ހުރި އިންޖިނިއަރިންގ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.އެކުންފުނިން ބުނީ އޭވިއޭޝަން ދާއިރާއަށް ޝައުޤުވެރިވާ ޤާބިލު ޒުވާނުންތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާ ކަމެއް ކަމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1