މުޖުތަމައުއާ ވީހާވެސް ގާތުން ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި، ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލުގައި ނިއުރޮލޮޖީ، ގެސްޓްރޯއެންޓްރޮލޮޖީ އަދި ޔޫރޮލޮޖީގެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދޭން ފެށި މި އައު ސުޕަރ-ސްޕެޝަލިޓީ ޚިދުމަތްތަކުގެ ސަބަބުން ނާރުގެ ބަލިތަކާއި، ކާތަކެތި ހަޖަމުކުރާ ނިޒާމުގެ ބަލިތަކުގެ އިތުރުން ކިޑްނީއާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ބޭނުންވާ ޚާއްޞަ ފަރުވާތައް ހުޅުމާލެއިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިއީ މާލޭގެ ބޮޑެތި ހޮސްޕިޓަލްތަކަށް ބާރުބޮޑުވުން ކުޑަކުރުމަށާއި، ބަލިމީހުންނަށް ލުއިފަސޭހަކަމާއެކު އަވަސް ފަރުވާ ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން އެޅި މުހިންމު ފިޔަވަޅެކެވެ.
މާލޭގެ މައި ހޮސްޕިޓަލްތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށާއި، ބަލިމީހުން އުފުލަންޖެހޭ ތަކްލީފުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުން މިހާރު އަންނަނީ ޒަމާނީ ފަރުވާގެ ހިދުމަތްތައް އިތުރުކުރަމުންނެވެ