ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ޝުޢައިބު ޔޫސުފް މިއަދު އައްޔަނުކޮށްފި އެވެ.
ރައީސް އޮފީހުން ހާމަކުރިގޮތުގައި، އެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ، މަގާމުގެ ހުވައި ކުރައްވައި ފަތްކޮޅު ހަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ، މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މެދުގައި އުފެދޭ މައްސަލަތައް ބަލައި އިންޞާފު ޤާއިމުކޮށްދޭ (ކުއޭޒައި-ޖުޑީޝަލް) އިދާރާއެކެވެ.ޝުޢައިބު ޔޫސުފަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވައިގެން ހުންނެވި،ޤާނޫނީ އަދި އިދާރީ ދާއިރާތަކުގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1