ހުޅުމާލޭގައި ބިނާކުރާ 12 ބުރީގެ “ދާރުއްސަލާމް” ވަޤްފު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ޖުމްލަ 244.5 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ ދީނީ ކަންކަމަށް ކުރާ ހޭދަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ވަޤްފު ޢިމާރާތެވެ. ޖުމްލަ 20,000 އަކަފޫޓުގެ ބިމެއްގައި ބިނާކުރާ މި ޢިމާރާތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ މިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު 20 ގައި ބިންގާ އެޅި، ރާއްޖޭގެ ދެވަނަ ވަޤްފު ޢިމާރާތް ކަމަށްވާ “ދާރުލް އަރުޤަމް” ގެ ޢަމަލީ މަސައްކަތް ފެށުމަށްފަހު، ސަރުކާރުން ފެށި މިފަދަ ދެވަނަ ބޮޑު މަޝްރޫޢެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ އެކި އަތޮޅުތަކަށް ވަޤްފު މަޝްރޫޢުތައް ފުޅާކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ. އެގޮތުން ހައްދުންމަތި (ލާމު)، ތިލަދުންމަތި، އަދި ހުވަދޫ އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައިވެސް ވަޤްފު ޢިމާރާތްތައް ބިނާކުރުމަށް ވަނީ ނިންމާފައެވެ. މި ޢިމާރާތްތަކުން ކުލީގެ ގޮތުގައި ލިބޭ ހުރިހާ އާމްދަނީއެއް ޚާއްޞަކުރާނީ މުޅި ރާއްޖޭގައި އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ޕްރޮގްރާމްތަކަށް ޚަރަދުކުރުމަށް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ މައުލޫމާތުދީފައެވެ.
މި މަޝްރޫޢާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، ދީނީ އެކި ހަރަކާތްތަކާއި މިސްކިތްތައް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުޑަކޮށް، ވަޤްފު ފަންޑުގެ އާމްދަނީން އެކަންކަން އަމިއްލައަށް ދެކޮޅުޖެއްސޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1