ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ހިފުމާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި އެ ރަށު ކައުންސިލާ ދެމެދު ބިން ދިނުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެމްޕީއެލްގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީޤެވެ. އަދި ހއ. އުލިގަން ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޞަދުއްﷲ މުޙައްމަދެވެ.
އެމް.ޕީ.އެލް އިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އުލިގަމުން ގާތްގަނޑަކަށް 70,471 އަކަމީޓަރުގެ ބިން އެ ކުންފުންޏަށް ކުއްޔަށް ދޭނެއެވެ. މިއީ އެ ރަށުގައި ޔޮޓް މެރީނާއަކާއި ބޭނުންވާ އެހެނިހެން ވަޞީލަތްތައް ޤާއިމުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.