މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ފާއިތުވި ހަފުތާގެ ތެރޭގައި 35،456.12 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށްފިއެވެ.
އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު މިފާއިތުވި ހަފުތާގައި މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގެ ދަށުން ކޮންޓޭނަރު ބޯޓުފަހަރުން 35,456.12 ފްރައިޓް ޓަނުގެ މުދާ (1,101 ކޮންސައިންމަންޓް) އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2,323.30 ފްރައިޓް ޓަނުގެ މުދާ (291 ކޮންސައިންމަންޓް) ވަނީ ނެރެފައެވެ.
މީގެއިތުރުންް، ބަނދަރުގެ ހަރަކާތްތަކަށް ބަލާއިރު ކޮންޓޭނަރު އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 3 ބޯޓު ބަނދަރަށް އައިސް، ކޮންޓޭނަރު އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 3 ބޯޓު ވަނީ ފުރާފައެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ކާބޯތަކެތި ހިމެނޭހެން، އަވަހަށް ހަލާކުވާ ޒާތުގެ މުދާ (ޕެރިޝަބަލްސް) ކްލިއަރ ކުރުމުގެ މަސައްކަތް ވަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށްގެންގޮސްފައެވެ.އެގޮތުން ޕޯޓުންއެގޮތުން މޭވާއާއި ތަރުކާރީ ހިމެނޭހެން 30 އަށް ވުރެ ގިނަ ބާވަތްތަކުގެ ޖުމްލަ 51,528 ޕެރިޝަބަލް ޕެކޭޖް ވަނީ ކާމިޔާބުކަމާއެކު ކްލިއަރ ކޮށް، ބާޒާރަށް ނެރެފައެވެ.