ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ދަށުން ފްލެޓާއި ގޯއްޗައް އެޕަލައި ކުރަން ހުޅުވާލާ ދުވަސް ފަސްކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ކުރިން މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަސް އެޕަލައި ކުރަން ހުޅުވާލާނީ މިއަދު ކަމުގައި ކަނޑައަޅާފައިވެއެވެ. ނަމަވެސް މިއަދު އެ އިނދާރާއިން ނެރުނު ބަޔާނެއްގައި މިމަހުގެ 18 ވަނަ ދުވަހަށް ވަނަ ދުވަހަށް ފުލެޓަށާއި ގޯއްޗަށް އެޕްލައި ކުރުން ފަސްކޮށްފައިވާ ކަމަށެވެ.
އެ މިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ ކުރިއަށް އޮތީ ހަފްތާ ބަންދަކަށް ވާތީ ކަމަށް ހައުސިން މިނިސްޓަރީން ބުނެފައިވެއެވެ. އަދި ހަފްތާ ބަންދައް އެޕްލައި ކުރަން ހުޅުވާލުމުން، ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އެ އިދާރާއަށް ލަފާ ކުރެވޭތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންކަމުން މިހާރު ފްލެޓާއި ގޯއްޗަށް އެޕްލައި ކުރާ ދުވަސް މިމަހުގެ18 އަށް ބަދަލުކޮށް، އެ ދުވަހުގެ ހެނދުނު 9 ގައި ޕޯޓަލް އާންމުކޮން ހުޅުވާލާނެ ކަމަށް އެ މިނިސްޓްރީން އިއުލާންކޮށްފައިވެއެވެ.
ބޯހިޔާވަހިކަމުގެ މި ސްކީމްގެ ދަށުން ސަރުކާރުން ވަނީ 7900 ފްލެޓް ދޫކުރުމަށް ނިންމާފައެވެ. އެގޮތުން މާލެ ރައްޔިތުންނަށް ގުރޭޓާ މާލް ސަރަހައްދުންނާއި ރަސްމާލެއިން ގޯތި ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އަދި މާލޭގައި15 އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ހަމައެކަނި ރަސްމާލޭން ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފާ ގޯތީގެ ބޮޑު މިނަކީ1250 އަކަފޫޓް ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.