ބޮޑުތަކުރުފާނު މަގުގެ ޝީޓް ޕައިލިންގެ މަސައްކަތުގެ 85 މީޓަރު އަޅާ ނިމެފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނިގޮތުގައި މިހާރު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގައި ޝީޓް ޕައިލިން އެޅުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރިއަށް ގެންދަމުން ނެވެ. އެގޮތުން މިހާރު 85 މީޓަރަށް ޝީޓް ޕައިލިން އަޅާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މީގެއިތުރުން، ނަރުދާމާ އެޅުމުގެ މަސައްކަތާއި ފެންހޮޅި އެޅުމުގެ މަސައްކަތް މި އަންނަ ހަފްތާއަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި އިމާރާތްތަކާ ދިމާލަށް އޮންނަ ޕޭވްމަންޓްއާއި، ފެންހިންދާ ނިޒާމާއި ކޭބަލް ޖަންޝަން އެޅުމުގެ މަސައްކަތް ވެސް އަންނަ ހަފްތާއަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ބޮޑުތަކުރުފާނު މަގު ރޯދައިގެ ކުރިން ތަރައްގީކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރުއުގެ ސަބަބުން މަގުގައި ހިގާ މީހުންނަށާއި ދުއްވާއެއްޗިއްސަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޓީސީން ވަނީ ފާހަގަކޮށްފައެވެ.