ޝަރުތު ހަމަވި 40 މީޑިއާ އަކަށް 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ބުނެފައިވަނީއަމިއްލަ ގޮތުން ހިންގާ 40 މީޑިއާއަކަށް 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން މީޑިއާތަކަށް ދީފައިވާ މާލީ އެހީތެރިކަމެވެ.
މަލީ އެހީ ހޯދުމަށް ހުޅުވާލުމުން ސަރުކާރުގެ މާލީ އެހީ ހޯދުމަށްޓަކައި 41 މީޑިއާއަކުން ކުރިމަތިލިއެވެ. ނަމަވެސް އޭގެތެރޭގައި ދެ މީޑިއާއެއް އެއްކުންފުންޏެއްގެ ދަށުން ހިންގާތީ، އެ ދެމީޑިއާއާއެކު މަޝްވަރާކުރުމަށްފަހު އެހީ ދިނީ އޭގެ ތެރެއިން އެއް މީޑިއާ ހިމަނައިގެން ޖުމްލަ40 މީޑިއާ އަކަށެވެ.
އެގޮތުން، 40 މީޑިއާއަކަށް ޖުމްލަ 27,295,532.69 ރުފިޔާ ދޫކޮށްފައިވާކަމަށް ޔޫތް މިނިސްޓްރީން ބުނެފައިވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1