ސްޓޫޑެންޓް ލޯނުގެ ގޮތުގައި ސަރުކާރުން މިހާތަނަށް 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ގޮތުގައި ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރީން ބުނެފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2024 ވަނަ އަހަރާއި 2025 އަހަރާ ދެމެދުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ. މިދިޔަ އަހަރު 549 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ.
ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ޖުމްލަ 1438 ދަރިވަރުން ކިޔަވަމުންދެއެވެ. އަދި 1211 ދަރިވަރުން ވަނީ މިހާރު ދަސްވެނިމިފައެވެ. މި ލޯނުތަކުގައި ރާއްޖެއިން ބޭރުގައި 36 ގައުމެއްގައި 1740 ދަރިވަރުން މަތީ ތައުލީމް ހާސިލް ކުރަމުންދާކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ.
ސްޓޫޑެންޓް ލޯނުގެ އިތުރުން މިހާތަނަށް 471 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސްކޯލާޝިޕަށް ވެސް ދޫކޮށްފައިވެއެވެ. މިދިޔަ އަހަރު އެކަނިވެސް 222 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސްކޯލާޝިޕް ދޫކޮށްފައިވާކަމަށް އެއިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. 411 ދަރިވަރުން ސްކޯލާޝިޕްގައި ކިޔަމުންދާއިރު މިވަގުތު ރާއްޖެއިން ބޭރުގެ 20 ގައުމެއްގައި ޖުމްލަ 602 ދަރިވަރުން މަތީތައުލީމް ހާސިލްކުރަމުންދެއެވެ.
މީގެއިތުރުން، ފަސްޓް ޑިގްރީ ސްކީމްގެ ދަށުން މިހާތަނަށް 301 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ފަސްޓް ޑިގްރީއަށް 151 މިލިއަނަށް ވުރެ ވުރެ ރުފިޔާ ދޫކޮށްފައިވެއެވެ.
މި ސްކީމްގެ ދަށުން މިހާތަނަށް ރަޖިސްޓްރީވެފައި ވަނީ 5،863 ދަރިވަރުންނެވެ. އަދި 6،640 ދަރިވަރުން ނަކީ ދަސްވެ ނިމެފައިވާ ދަރިވަރުންނެވެ. މިވަގުތު ފަސްޓާ ޑިގްރީ ސްކީމްގެ ދަށުން 8،680 ދަރިވަރުން ކިޔަވަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަނުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.