ބޮޑުތަކުރުފާނު މަގުގެ ޝީޓް ޕައިލިން އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނިގޮތުގައި މިހާރު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގައި ޝީޓް ޕައިލިން އެޅުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރިއަށް ގެންދަމުން ނެވެ. އެގޮތުން މިހާރު 48 މީޓަރަށް ޝީޓް ޕައިލިން އަޅާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެއިތުރުން، ޕެޑެސްޓްރިއަން ލޭން ޕޭވިން އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އަދި ނަރުދާމާ އެޅުމުގެ މަސައްކަތާއި ފެންހޮޅި އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރަނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތް ހާބަރާ ހަމައަށެވެ. މި ސަރަހައްދުގެ މަސައްކަތް މި ފެށޭ އަހަރުގެ ރޯދައިގެ ކުރިން ނިންމުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފަ އެވެ.