ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަޔާ ސްޓޭޝަން ރެސްކިއު ޖެޓީގެ ހިޔަނި އަދި ޑޮކް ޑިޒައިންކޮށް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.
އެ މަޝްރޫއުގެ އަޕްޑޭޓްތައް ހިއްސާކުރައްވަމުން އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ރޫފް ޓްރަސް އިންސްޓޯލްމަންޓްގެ މަސައްކަތް 85% ނިމިފައިވާއިރު، ޔޫޓިލިޓީ، އިލެކްޓްރިކަލް އަދި ޕްލަމްބިންގެ މަސައްކަތް މިހާރު ވަނީ 80% ނިމިފަ ކަމަށެވެ.
އެމްޓީސީސީއިން އިތުރަށް ބުނީ، މި މަޝްރޫއު ޖުމްލަކޮށް މިހާރު 83% ނިމިފައިވާ ކަމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1