ހުޅުމާލޭ ފޭސް ތިނަކުން 40 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.
މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެމްއޭސީއެލުން ބުނީ މިހާތަނަށް 40 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާ ކަމަށެވެ. މިއީ ހުޅުމާލޭ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 63 އިންސައްތަ މަސައްކަތެވެ.
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް މިވޭތުވެދިޔަ މުއްދަތުގައި ހުއްޓިފައި އޮތުމަށްފަހު އެމަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ގައެވެ.
މި މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މިހާރު ވަނީ 22،000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ކެޕޭސިޓީގެ ބޮޑު 2 ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ ގެނެސް ބިން ހިއްކަން ފަށާފައިވަނީ ނޮވްމެބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ.
ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.