ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެެވެ.
ފުލުހުން ބުނީ، ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެކަމުގެ މައުލޫމާތު ލިބުނީ، މިއަދު 10:17 އެހާކަންހާއިރުކަމަށެވެ. ފުލުހުން ދަނީ އެސަރަހަށްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ، މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއްކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމަަކަށް ނިސްބަތްވާ މީހެއްކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1