އައްޑޫސިޓީގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެެވެ.
އެމްއެންޑީއެފުން ބުނީ ސ.ހިތަދޫގައި މިރޭ 22:15 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 3 މިނެޓަށެވެ. އެމްއެންޑީއެފުން ވިދާޅުވީ މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
ފާއިތުވި 2023 އަދި 2024 ވަނަ އަހަރަކީ އައްޑޫ ސިޓީގައި އެންމެ ގިނައިން ހަވާއެރުވި ދެ އަހަރުކަމުގައިވާއިރު އެމްއެންޑީއެފްއިން މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ހަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.
ހަމައެހެންމެ ރާއްޖޭގައި ފާހަގަކުރާ ބައެއް ހާއްސަ އިހްތިފާލުތަކާ ދިމާކޮށްވެސް ހަވާ އެރުވުން ކުރިއަށްގެންދެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1