ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް އެކެއްގެ މަސައްކަތްތައް ނިންމާ، އެތަން އާންމުންނަށް ހުޅުވާލައިފި އެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 ފިޔަވައްސަކަށެވެ. އޭގެތެރެއިން މިހާރު މަސައްކަތް ނިމިފައި ވަނީ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް އެކެއްގަ އެވެ. ސެގްމަންޓް އެކެއްގައި ހިމެނެނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ހިމެނޭ ސަރަހައްދެވެ. އެއީ 130 މީޓަރުގެ ސަރަހައްދެކެވެ.
މިމަސައްކަތުގެ ތެރޭގައި ހިމަނައިގެން، އެ ސަރަހައްދުގެ އެއްގަމު ތޮށި ތަރައްގީކޮށްފައި ވަނީ މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖެއްސުމަށްފަހު އެވެ. މަގު ތަރައްގީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކު އެވެ.
ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް އެކެއްގެ މަސައްކަތް ނިންމައި ހުޅުވާފައިވާއިރު، ދެން މަސައްކަތް ފަށާނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަހައްދެއްގެ މަސައްކަތެވެ. އެމްޓީސީސީއާ ހަވާލުކޮށްފަވާ މުޅި މަޝްރޫއި ނިމޭއިރު 1088 މީޓަރުގެ ސަރަޙައްދެއް ބޮޑުތަކުރުފާނު މަގުން ތަރައްގީކުއެވެ.
ފޭސް އެކެއްގައި ހިމެނޭ، ލޯކަލް މާރުކޭޓުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ 5 ސެގްމަންޓަކީ ޖުމްލަ 838 މީޓަރެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.