ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ޢިއިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް، ފެށޭ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކައުންސިލްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
”ޖޫންގެ ނިޔަލަށް މުޅި މަޝްރޫޢުއު ނިންމާ ކައުންސިލުތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ’‘ މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކައުންސިލް އިދާރާ ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއީ އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.