މިިދިޔަ ނޮވެމްބަރު މަހު ފުވައްމުލަކު ސިޓީގެ ފެނަށް ބިލު ނުކުރަން ފެނަކައިން ނިންމައިފި އެވެ.
މިދިޔަ މަހު، ފުވައްމުލަކު ސިޓީގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރަމުންދިޔައިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި، ތަގައްޔަރު ފެން އައުމާއި ފެނުގެ ޕްރެޝަރު ދަށްވުންފަދަ ކަންކަން ވަނީ މެދުވެރިވެފަ އެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި، ނެވެމްބަރު މަހު ފުވައްމުލަކުގެ ފެނަށް ބިލުނުކުރާގޮޮތަށް ނިންމާފައިވާކަމަށެވެ.
ފުވައްމުލައް ސިޓީގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، ރަނގަޅު ފެންވަރެއްފެ ފެނުގެ ހިތުމަތް އަލުން ދިނުމަށް ކުރަންޖެހޭ ކަންކަން ހުއްޓުމެއް ނެތި ކުރަމުންދާކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފަ އެވެ. އަދި އެސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފެނަކައިން ވަނީ ބުނެފައެވެ.