މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫޕް، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފި އެވެ.
މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފައިވަނީ މިހާރު ކުރިޔަށްދާ ޕީއެންސީގެ ބޮޑު ޖަލްސާގަ އެވެ. މި ޖަލްސާގައި މަހުލޫފްގެ މެމްބަަޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.
މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފައި ވަނީ މިދިޔަ މަހު ފަހުކޮޅު އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
މަހްލޫފް އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. އެއަށްފަހު ޕީޕީއެމްއާ ގުޅިވަޑައިގެން، މަޖިލީހުގައި އެޕާޓީ ތަމްސީލްކުރައްވާފައި ވެއެވެ. އެއަށްފަހު 2018 ވަނަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.
މި ޖަލްސާގައި މަހްލޫފްގެ އިތުރުންވެސް މަޝްހޫރު ގިނަ ބަޔަކު ޕީއެންސީއާ ގުޅި، ރައީސްއާ ފޯމު ހަވާލުކުރައްވާފައި ވެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1