އަންނަ އަހަރު ރާއްޖެ އަށް 2.4 މިލިއަން ޓޫރިސްޓުން ގެންނަންް ޓޫރިޒަމް މިިނިސްޓްރީން އަމާޒު ހިފައިފި އެވެ.
މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުންނެވެ. މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު، އަހަރު ނިމެން މިހާރު އޮތީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހެވެ. އެހެންވެ ޓާގެޓް ހާސިލު ކުރުމަށް 400،000 އަށް ވުރެ ގިނަ ޓޫރިސްޓުން ބޭނުންވެ އެވެ.
މިހާރު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަނީ 6،579 ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މި މަހުގެ 5 އާ ހަމައަށް 32،895 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 12.6 އިންސައްތަ އިތުރު އަދެދެކެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާ މާކެޓުންނެވެ. އެމާކެޓުން މިއަހަރުގެ މިހާތަނަށް 296،135 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 16 އިންސައްތައެވެ.
މިދިޔަ އަހަރު ރާއްޖެ އަށް ޖުމްލަ 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރިއެވެ.