ވައިގަދަވާނެކަމަށް ލަފާކޮށް، މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓް ދަންމާލައިފި އެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅުގެ ނިޔަލަށެވެ. މި ސަރަހަށްދުތަކަށް އެންމެ ފުރަތަމަ އެލާޓް ނެރުނީ މިއަދު މެންދުރުފަހު 13:30 ގެ ނިޔަލަށެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ދަންމާލާފައިވަނީ ހަވީރު 5:30 ގެ ނިޔަލަށެވެ.
މެޓް އޮފީހުން ބުނީ، މި ސަރަހަށްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން ހުކުރާއި ހޮނިހިރު ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.