ލ. ކަލައިދޫ ދަނބިދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަލައިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގަ އެވެ. އެ ރަސްމިއްޔާތުގައި ކޯޒްވޭގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި މަސައްކަތް ކުރާނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. 155.94 މިލިއަން ރުފިޔާއަށް ހިންގާ މި މަޝްރޫއުގެ ދަށުން 36 މީތަރު ދިގު މަގަކާއި 7.80 މީޓަރުގެ ދުއްވާ ސަރަހައްދެއް ހަދާނެ އެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 271 މީތަރުގެ ސަރަހައްދެއްގައި ރިވެޓެމްންޓް ޖަގާނެ އެވެ.
މި މަޝްރޫއު އަކީ 550 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫއު އެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1