ރާއްޖޭން މަސް އެކްސްޕޯޓްކުރާ މިންވަރު 90 އިންސައްތަ އިތުރުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހު ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 90.3 ވަނީ އިތުރުވެފައެވެ.
އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ރާއްޖެއިން ޖުމްލަ 57,318 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 30,125 މެޓްރިކް ޓަނުގެ މަހެވެ.
ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 51,624 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 24,980 މެޓްރިކް ޓަނުގެ މަހެވެ. މިއާއެކު، ތާޒާ، ފިނިކުރި ކަނޑުމަސް އެކްސްޕޯޓް ކުރި މިންވަރު 106.7 އިންސައްތަ ވަނީ އިތުރުވެފައެވެ.
މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހު ރާއްޖެއިން 1,118.8 މެޓްރިކް ޓަނުގެ ޕްރޮސެސްކުރި މަސް އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 679.2 މެޓްރިކް ޓަނުގެ މަހެވެ. މިއީ 64.7 އިންސައްތަ އިތުރުވުމެކެވެ.
ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ.