ސަލްމާން މިސްކިތުގައި ގާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފިއެވެ.
ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އިސްލާމީކް ލައިބްރަރީއަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޖުލައި މަހުގެ 12 ވަނަ ދުވަހު ހުޅުވި ލައިބްރަރީއެކެވެ. މި ލައިބްރަރީގައި 15،000 އަށްވުރެ ގިނަ ފޮތް ބަހައްޓާފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ލައިބްރަރީ ހުޅުވާފައި ހުންނަ ގަޑިތައް އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން މިހާރު ލައިބްރަރީގެ ހިދުމަތް، ކޮންމެ އާދިއްތަ ދުވަހަކުން، ބުރާސްފަތި ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 09:30 ގެ ނިޔަލަށް ލިބޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ، ރާއްޖޭގެ ދީނީ އިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދައުވަތު ދީފައެވެ. އަދި ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.